އަންހެން ސާފް ޗެމްޕިއަންޝިފްގައި ރާއްޖޭގެ ގައުމީ އަންހެން ޓީމު ކުޅުން ދެ ވަނަ މެޗުން މޮޅުވެއްޖެ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާ އަތުން ރާއްޖެ ބަލިވީ 0-8 ލަނޑު ރާއްޖޭ ގައުމީ ޓީމު ވަނީ ބޮޑު ތަފާތަކާއެކު ބަލިވެފައެވެ.

އިސްލާމްއާބާދުގެ ޖިންނައް ސްޕޯޓްސް ސްޓޭޑިއަމްގައި މިއަދު ކުޅުން މެޗުގައި ރާއްޖެ މޮޅުވެފައި ވަނީ އަފްޣާނިސްތާނާ ބައްދަލުކޮށް 0-1 ލަނޑުންނެވެ. މެޗުގެ ހަމަ އެކަނި ގޯލު ޖަހާފައި ވަނީ ރާއްޖޭ ޓީމުގެ މަރިޔަމް ރިފާ އެވެ.

މުބާރާތުގައި ރާއްޖެއިން ހޯމަ ދުވަހު މެޗެއް ކުޅެން ހަމަޖެހިފައިވާއިރު އެ މެޗުގައި ބައްދަލު ކުރާނީ ބަންގްލަދޭޝް އާއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް "އޭ" ގައި ހިމެނެނީ އިންޑިޔާ އާއި ބަންގްލަދޭޝް އަދި އަފްޣާނިސްތާން އެވެ. ގްރޫޕް "ބީ" ގައި ހިމެނެނީ ނޭޕާލް އާއި ސްރީލަންކާ އާއި ޕާކިސްތާން އަދި ބޫޓާން އެވެ.