15 Nov 2014, 12:25
ބަނޑުގައި ޖަހާފައި ހުންނަ ސަރުބީތައް ނައްތާލުމަކީ ކުރަން ވަރަށް އުދަނގޫ އެހެންނަމަވެސް މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ ނައްތާލެވޭނެ އެއްޗެހި ތަކެކެވެ. އެގޮތުން މި ލިޔުމުގައި މިބަލައި ލަނީ ބަނޑުގައި ޖަހާފައި ހުންނަ ސަރުބީތައް ނައްތާލުމަށް ކުރެވިދާނެ އަށް ކަމެއްގެ މައްޗަށެވެ.
އެންމެ ފުރަތަމަ ކަމަކަށް ހެނދުނު ހޭލުމަށް ފަހު ދުވަސް ފެށުމުގެ ގޮތުން ލުބޯ ޖޫސްތައްޓެއް ބޯލާށެވެ. މިއީ ބަނޑު ހިންދާލުމަށް އެންމެ ރަނގަޅު އެއް ތެރަޕީ އެވެ. އެހެން ނޫން ނަމަ "ޔެލޯ ޖޫސް" ތާފެނާ ފެނުގައި ތައްޔާރުކުރުމަށް ފަހު ލޮނުކޮޅެއް އަޅައިގެން ބޯލާށެވެ. ކޮންމެ ދުވަހަކު ހެނދުނު މި ބޭނުންކުރުމުން ހަށިގަނޑަށް އިތުރަށް ދިރުންލިބި ބަނޑުލުމުން ދުރުވާނެ އެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ހުދު ހަނޑުލުގެ ބަދަލުގައި ބްރައުން ރައިސް ނުވަތަ ބްރައުން ބްރެޑް ބޭނުންކުރައްވާށެވެ.
ތިންވަނަ ކަމެއް ގޮތުގައ ފޮނި ކާތަކެއްޗާއި ފޮނި ބިއުމާއި އަދި ތެޔޮ ގިނައިން ހުންނަ ކާނާތަކާ ދުރުވާށެވެ. މިފަދަ ކާނާތައް ބޭނުންކުރާ ކަމުގައިވާ ނަމަ ހަށިގަނޑުގެ ތަފާތު ހިސާބުތަކުގައި ސަރުބީ ޖަހާނެ އެވެ.
ހަތަރު ވަނަ ކަމެއް ގޮތުގައި ގިނަ ގިނައިން ފެން ބުއިމަށް އާދަ ކުރައްވާށެެވެ. ގިނައިން ފެން ބުއިމުން ހަށިގަނޑަށް އިތުރަށް ދިރުންލިބި އަދި ހަށިގަނޑުގައި އުފެދޭ "ޓޮކްސިންސް" ހަށިގަނޑުން ބޭރުވާނެ އެވެ.
ފަސްވަނަ ކަމެއް ގޮތުގައި ކޮންމެ ދުވަހަކު ހާބަނޑަށް ހުރެ ލޮނުމެދެއް ހަފައިގެން ކާލާށެވެ. އަދި އެއަށް ފަހު ލުބޯ ޖޫސް ބޭނުންކުރައްވާށެވެ. މި ފަރުވާ ހޯދުމުން ހަށިގަނޑުގެ ބަރުދަން ލުއިވެ އަދި ހަށިގަނޑުގައި ލޭދައުރުވުން އިތުރަށް ރަނގަޅުވެގެންދާނެ އެވެ.
ހަވަނަ ކަމެއް ގޮތުގައި މަހުގެ ބާވަތްތައް ކެއުމުގައި ބޭނުންކުރާ މިންވަރު މަދުކުރާށެވެ.
ހަތްވަނަ ކަމެއް ގޮތުގައި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ކެއުމަށް އާދަކުރައްވާށެެވެ. އެގޮތުން ހެނދުނާއި ހަވީރު ބޯތަށްޓެއްގެ މޭވާ ބޭނުންކުރެވިދާނެ އެވެ. އޭރުން ހަށިގަނޑުގައި "އެންޓިއޮކްސިޑެންޓް"، "ވިޓަމިންސް" އަދި "މިނަރަލްސް" އިތުރުވާނެ އެވެ.
އަށްވަނަ އަދި އެންމެ ފަހު ކަމެއް ގޮތުގައި ކެއްކުމުގައި ހަވާދުގެ ބާވަތްތައް އިތުރުކުރާށެވެ. އެގޮތުން ފޮނިތޮށި، އިނގުރު އަދި އަސޭމިރުސް ފަދަ ބާވަތްތައް ހިމަނާށެވެ. މިފަދަ ބާވަތްތަކުން ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު ދަށްކޮށްދޭނެ އެެވެ.
މައުލޫމާތު: އައިޑިޔާ ޑައިޖެސްޓް