15 Nov 2014, 11:47
ހުޅުމާލޭ ޕޮލިސްޓޭޝަންގެ ޖިމް ތަރައްގީކުރުމަށްޓަކައި އެތަނަށް އިތުރު ވަސީލަތްތަކެއް ފޯރުކޮށްދެއްވަން ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން ނިންމަވައިފިއެވެ.
ހުޅުމާލޭ ޕޮލިސްޓޭޝަންގެ ޖިމަށް އިތުރު ވަސީލަތްތަކެއް ފޯރުކޮށްދޭން ނިންމަވާފައިވާކަމަށް ވަހީދުއްދީން ވިދާޅުވީ އެމަނިކުފާނު އިއްޔެ ހުޅުމާލެއަށް ކުރެއްވި ޒިޔާރަތުގައި ޕޮލިސް ޖިމަށް ވަޑައިގެން އެތަނުގެ ފުލުހުންނާ ބައްދަލުކުރައްވަ އެވެ.
ހުޅުމާލެ ޕޮލިސް ޖިމް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ޓްރެޑްމިލްއަކާއި އެކްސަސައިޒިން ބައިސްކަލެއް ހަދިޔާ ކުރައްވާނެކަމަށް ވަހީދުއްދީން ވަނީ ވިދާޅުވެފައެވެ. އަދި އެއާ ކޯނެއް ހަރުކޮށް ދެއްވައި ޖިމްގެ ފާޚާނާ މަރާމާތު ކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު އިއްޔެ ވިދާޅުވިއެވެ.
މީގެއިތުރުން ހުޅުމާލޭގައި ފުލުހުންނަށް ރެކްރިއޭޝަނަލް ވަސީލަތް ގާއިމް ކޮށްދެއްވުމަށާއި މުވައްޒަފުންނަށް ބޭނުންވާ އެހެން ބައެއްކަން ކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ޒުވާނުންގެ ކަންކަމަށް ވަރަށް ބޮޑަށް އިސްކަންދެއްވާ ވިޔަފާރިވެރިޔާ ވަހީދުއްދީން ވަނީ ރާއްޖޭގެ އެތައް ރަށަކަށް ޖިމް އިކުއިޕްމެންޓް ހަދިޔާކުރައްވާފައެވެ.