ވެއްޓުނީ ކުރިން ބެލެވިފައިވާ ގޮތަށް ބިމުން ފޮނުވައިލި މިސައިލަކުން ނޫން ކަމަށާއި އެ ބޯޓު ވައްޓައިލީ ޔުކްރޭނުގެ ވައިގެ ސިފައިންގެ މަތިންދާބޯޓަކުން ދިން ހަމަލާއަކުން ކަމަށް ރަޝާ އިން ބުނެފިއެވެ.

ރަޝާގެ ގައުމީ ޓީވީން ރޭ ފެތުރި ޚަބަރުގައި ބުނި ކަމަށް އިނގިރޭސިވިލާތުގެ ދަ އިންޑިޕެންޑެންޓް ނޫހުން ބުނީ އެމްއެޗް17 އަށް ހަމަލާދިނީ ޔުކްރޭންގެ މިގް-29 މަތިންދާބޯޓަކުންނެވެ. އަދި އެބޯޓަށް ހަމަލާދިން މަންޒަރު ފެންނަ ކަމަށް ބުނާ ސެޓެލައިޓްފޮޓޯތަކެއް ވެސް ރަޝާ ޓީވީން ވަނީ ދައްކާފައެވެ. އެފޮޓޯތައް ދެއްކުމަށް ފަހު އެޓީވީން ބުނެފައި ވަނީ އެ ފޮޓޯތަކަކީ ޔުކްރޭނު ސަރަހައްދަށް ޖާސޫސް ކުރުމަށް އެމެރިކާ ނުވަތަ އިނގިރޭސިވިލާތުން ހާއްސަކޮށްފައިވާ ސެޓެލައިޓަކުން ނަގާފައިވާ ފޮޓޯތަކެއް ކަމަށެވެ.

ރަޝާއިން އެމްއެޗް17 އާ ބެހޭ ގޮތުން މި ހަބަރު އާއްމުކޮށްފައި މިވަނީ މިހާރު އޮސްޓްރޭލިއާގައި ކުރިއަށްދާ ޖީ-20 ސަމިޓްގެ ހަވާސާގައި އެމްއެޗް 17 އާއި ރަޝާގެ ރައީސް ވްލަޑިމިއާ ޕުޓިންއަށް ސުވާލުތައް އަމާޒުވާނެކަން ޔަގީންވާ ވަގުތެއްގައެވެ.

ޔުކްރޭންގެ ވައިގެ ސަރަހައްދުން 33000 ފޫޓް މަތިން އުދުހެނިކޮށް އެމްއެޗް 17 ގައި ވެއްޓުނު އިރު އެބޯޓްގައި ތިބި 283 މީހުން ވެސް މަރުވެފައިވާ ކަމަށް ވަނީ ބެލެވިފައެވެ. މިދިޔަ ޖުލައި މަހު ހިނގި އެހާދިސާގައި ބޯޓު ވެއްޓިފައި ވަނީ ޔުކްރޭން ސަރުކާރާ ހަނގުރާމަކުރަމުންދާ ބާޣީން ކޮންޓްރޯލްކުރާ ސަރަހައްދަކަށެވެ.