15 Nov 2014, 09:20
ކަރާޗީ (ނޮވެމްބަރު 15): މެދުރާސްތާގެ ބެލަސްޓިކް މިސައިލެއް ޕާކިސްތާނުން ކާމިޔާބުކަމާ އެކު ތަޖްރިބާކޮށްފި އެވެ.
ޕާކިސްތާނު ސިފައިންގެ މުއައްސަސާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝާހީން 2 މަރުކާގެ މިސައިލް ތަޖްރިބާ ކުރުމުގެ ގޮތުން ފޮނުވާލީ އަރަބި ކަނޑުގައިވާ ދޮޅުހާސް ކިލޯ މީޓަރުގެ ދުރުގައިވާ އަމާޒަކަށް ކަމަށާ ކަނޑައެޅިފައިވާ މުއްދަތުގައި އެ މިސައިލް އެއަމާޒަށް ފުރިހަމައަށް ވާސިލްވެފައިވާ ކަމުގަ އެވެ. މިތަޖްރިބާއަކީ ސައްތައިން ސައްތަ ކާމިޔާބު ތަޖްރިބާއެއް ކަމަށް ވެސް މިބަޔާން ބުނެ އެވެ. ޝާހީން 2 މަރުކާގެ މިސައިލް އަކީ ޕާކިސްތާނުން އުފައްދާ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ މިސައިލް އެކެވެ. މިމިސައިލްގެ އެކި ވައްތަރުތައް އެކިފަހަރުމަތިން ޕާކިސްތާނުން ތަޖްރިބާކޮށްފައިވެ އެވެ.
ސޮލިޑް ފިއުލް ބޭނުންކުރާ މިސައިލްއަކީ އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލެކެވެ. މިއީ ނިއުކްލިޔަރ ވޯހެޑް ހަރުކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ މިސައިލެއް ނަމަވެސް ތަޖްރިބާކުރުމުގެ ގޮތުން މިމިސައިލްގައި ހަރުކުރަނީ އާދައިގެ ގޮވާތަކެތީގެ ބޮލެކެވެ. ޝާހީން މަރުކާގެ މިސައިލެއް ޕާކިސްތާނުން ފުރަތަަމަ ތަޖްރިބާކޮށްފައި ވަނީ 2004 ވަނަ އަަހަރުގަ އެވެ.
ޕާކިސްތާނުން އަމިއްލަ ޓެކްނޮލޮޖީގައި އުފައްދާ ޝާހީން މަރުކާގެ މިސައިލްތަކުގެ ތެރޭން އެންމެ ވަރުގަދަ މިސައިލަކީ ޝާހީން 3 މަރުކާގެ މިސައިލެވެ. މިއީ 2000 ކިލޯ މީޓަރުގެ ރާސްތާގެ ބެލަސްޓިކް މިސައިލެކެވެ. ނިއުކްލިޔާ ވޯހެޑް ހަރުކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ މި މިސައިލް އިންޑިޔާގެ ކޮންމެ ސަރަހައްދަކަށް ވެސްް ފޯރާނެ އެވެ. އެހެންކަމުން އިންޑިޔާއި ޕާކިސްތާނަކީ ފަނާކުރަނިވި އަދި ސްޓްރެޓީޖިކް ހަތިޔާރުގައި އިންޑިޔާއާ ތިލަފަތް ހަމަ ގައުމެކެވެ. މިދެގައުުމުން ކުރެ ކޮންމެ ގައުމަކީ ވެސް އަނެއް ގައުމު ފަނާކޮށްލުމުގެ އަސްކަރީ ގާބިލްކަން ހުރި ދެގައު މެެވެ.
މިސައިލް ޓެކްނޮލޮޖީ ތަރައްގީ ކުރުމާއި އޭގެ ރީސާޗްތަކުގައި ދުނިޔޭގައި އެންމެ ހަލުއިކަމާއެކު ކުރިޔަށް ގައުމުތަކުގެ ތެރޭގައި ޕާކިސްތާނާއި އިންޑިޔާގެ އިތުރުން އީރާން ހިމެނެ އެވެ. (ރޮއިޓާސް)