28 Jan 2011, 14:15
ބާލިން : ގިނަ ޢަދަދެއްގެ ބަލި މީހުންތަކެއް މަރާލިކަމުގެ ތުހުމަތުތަކެއް ކުރެވިފައިވާ ޖަރުމަނުގެ އަންހެން ޑޮކްޓަރަކު އަމިއްލައަށް މަރުވެއްޖެއެވެ. ކެންސަރުގެ ބަލި މީހުންނަށް ފަރުވާދިނުމުގައި ޙަރަކާތްރެރިވި މެތެޗިލްޑް ނަމަކަށްކިޔާ ޢުމުރުން 61 އަހަރުގެ މިޑޮކްޓަރު މަރުވިކަމަށް ބެލެވެނީ އޭނާ ފަރުވާދޭ 13 ބަލިމީހަކު މަރާލުމުގެ ތުހުމަތުގައި ހަނޯވާ ގެ ކޯޓަކަށް ޙާޒިރުވުމަށް އޭނާއަށް އެންގިތާ ދެތިން ދުވަސްފަހުންނެވެ.
މެތެޗިލްޑް މަސައްކަތް ކުރަނީ ހަނޯވާ ގެ ހޮސްޕިޓަލެއްގައެވެ. އޭނާގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ ޖަރުމަނުގެ ސެކްސޯނިޔާ ސްޓޭޓްގައި އޭނާ ދިރިއުޅޭ ގޭގެ ތެރެއިންނެވެ. މެތެޗިލްޑް ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދި ޑޮކްޓަރުންގެ ރިޕޯޓްގައިވާ ގޮތުން އޭނާ މަރުވެފައިވަނީ ކެންސަރުބަލިމީހުން ބޭނުންކުރާ ތަދުކަނޑުވާ ބޭހެއްއޯވަރ ޑޯޒްވާ މިންވަރަށް ބޭނުންކޮށްގެންނެވެ.
ފުލުހުން ލަފާކުރާގޮތުން މިއީ އޭނާ ފަރުވާދޭ ކެންސަރު ބަލި މީހުންނަށް ތަދުކެނޑުވުމުގެ ގޮތުން ދޭ ބޭސްތަކުގެ ތެރެއިން ބޭހެކެވެ. -- އަލްވަސަތް ނޫސް، ބަހްރައިން