ަޒަމާނީ ޓެކްނޮލޮޖީގެ މުހިއްމުކަމާއި ލޯއެންފޯސްގެ ދާއިރާގައި ޓެކްނޮލޮޖީގެ ބޭނުން ހިފުމާއިބެހޭ ގޮތުން ޕްރޮފެސަރ ޑރ. ހަސަން އުގެއިލު ފުލުހުންނަށް ލެކްޗާއެއް ދެއްވައިފިއެވެ.

ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރެއްވުމަށްފަހު މިހާރު އިނގިރޭސި ވިލާތުގެ ބްރެޑް ފޯރޓް ޔުނިވަރސިޓީގެ، ސްކޫލް އޮފް ކޮމްޕިއުޓިން އިންފޮމޭޓިކްސް އެންޑް މީޑިއާގައި ޑިރެކްޓަރެއްގެ މަޤާމު ފުރުއްވަމުން ގެންދަވާ ޙަސަން އުޤައިލް ފުލުހުންނަށް އިއްޔެ ބޭއްވި ލެކްޗާގައި ފުލުހުންގެ އެކި ދާއިރާތަކުގައި ވަކިން ޚާއްސަކޮށް ތަހުގީގުކުރުމުގެ ދާއިރާގައި ފަހުގެ ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަދެއްކެވި އެވެ.

އެގޮތުން "3 ޑީ ސްކޭން" ، "RFID ޓެކްނޮލޮޖީ" އަދި "ތާރމަލް އިމޭޖިންގ" ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ވަރަށް ތަފްސީލުކޮށް ޑރ.އުގެއިލު ވިދާޅުވެދެއްވި ކަމަށް ފުލުހުން ބުންޏެވެ.

ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ ފުރަތަމަ ޕްރޮފެސަރަކުން ހާސިލުކޮށްފައިވާ ޑރ. އުގެއިލުގެ ވާހަކަފުޅުގައި ޓެކްނޮލޮޖީ ތަރައްޤީ ކުރުމަށްޓަކައި ފުޅާދާއިރާއެއްގައި ޓެކްނޮލޮޖީއާއި ގުޅުން ހުންނަ އެކި ދާއިރާތަކަށް އަމާޒުކުރެވިގެން ރިސަރޗް މަސައްކަތް ކުރަންޖެހޭނެ ކަމުގައި ވިދާޅުވި އެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ކެނޑިނޭޅި ރިސަރޗްގެ މަސައްކަތް ކުރަމުންދާކަން ވެސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މިހާރު ކުރިއަރަމުންދާ ޓެކްނޮލޮޖީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ޓެކްނޮލޮޖީ ކުރިއަރަމުންދާ ދިއުމުގައި އެއާ އެއްހަމައެއްގައި ކުށްކުރާ ފަރާތްތަކުންވެސް އެޓެކްނޮލޮޖީއަށް ގޮންޖަހާލެވޭފަދަ ކަންކަން އީޖާދުކުރަމުންދާ ދިއުން ކަމަށް ވެސް ޑރ.އުގެއިލް ވިދާޅުވި އެވެ.

ސުވާލު ކުރުމަށް ފުރުސަތު ހުލުވާލާފައިވާ އެ ލެކްޗާގައި ލުހުންގެ އިސްވެރިންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ފުލުހުން ބައިވެރިވި ކަމަށް ވެސް ފުލުހުން ބުންޏެވެ.