އާއިލާ އަށް ފިލައިގެން އުޅޭ 16 އަހަރުގެ އަންހެން ކުއްޖަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

އާއިލާއަށް ފިލައިގެން އުޅޭ ކަމަށް ބުނެ ފުލުހުން ހޯދަމުން ދަނީ ގ. ގްރީންބީންސް ޝިފާ މުޙައްމަދު، 16، އެވެ. އޭނާ ފިލާފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޝިފާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެ މަޢުލޫމާތު ފުލުހުންގެ ހޮޓްލައިނަމްބަރު 3322111 އަށް ނުވަތަ ފެމިލޯ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމްބަރު 3331510 ނުވަތަ 9790163 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދޭ ކަމަށެވެ.