މަސްތުވާކެތި އެތެރެކުރުން ހުއްޓުވުމުގެ ގޮތުން ރާއްޖެ ގެންނަން ހަމަޖެހިފައިވާ ޑޯގް ސޮކަޑަށް "ފާރަ ގެމަ" ކިޔަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ފާރަ" އެއީ މީގެ ކުރިން ކުއްތާއަށް ބޭނުން ކޮށްފައިވާ ނަމެއް ކަމަށެވެ. އަދި ދިވެހިބަހުގެ އެކްސްޕާޓުން ސްކޮޑަށް ފާސްކޮފައިވާ ނަމަކީ "ގެމަ" ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ހޯމް މިނިސްޓްރީން ބުނެފައިވަނީ އަލަށް އުފަންކޮށްފައިވާ 16 ކުއްތާ ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށެވެ. ކުއްތާ ގަތުމަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކުއްތާތައް ބެލެހެއްޓުމަށް ފުލުހުންގެ ސްކޮޑެއް ތަމްރީނު ކުރާނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.