މުޅި ރާއްޖެ އަށް ރީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް ބްރާޑްކާސްޓިން ކޮމިޝަނުން ދީފި އެވެ.

ބްޜޯޑްކާސްޓިން ކޮމިޝަނުން ހޯމަ ދުވަހު އާންމު ކުރި ބަޔާނެއްގައި ބުނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން 10 އަހަރު ދުވަހަށް މުޅި ރާއްޖެ އަށް ރީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް، މ. މާފަންނުވިލާ ގާސިމް އިބްރާހީމާއި މއ. އެވަރެސްޓްވިލާ އަކްރަމް ކަމާލުއްދީނާއި މ. ހުދުއަސުރުމާގެ އަހުމަދު ޝަފީއު އާއި މއ. އެވާބްރައިޓް އާދަމް ނަސީރު ހުސައިން އާއި ހ. ފާތިމަތުހިޔާ އަހުމަދު ނާޝިދާއި މ. ރަންފަސް ހަސަން ޒާހިރުގެ މީޑިއާ ނެޓަށްދީފައިވާ ކަމަށެވެ.