27 Jan 2011, 17:35
މައުލޫމާތު ހޯދައި ލިބިގަތުމުގައި ހުރި ހުރަސްތަކާ ގުޅޭ ގޮތުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އަންނަ ހޮނިހިރު ދުވަހު އިލްމީ ފޯރަމެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ފުޅާ ދާއިރާއެއްގެ މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާ، އެމްޖޭއޭން ބުނީ، އެ ފޯރަމް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 8:45 ގައި ދަރުބާރުގޭ އަށް ނަންބަރު ކޮޓަރީގަ އެވެ.
ޖާގަ އޮތް މިންވަރަކުން މީހުންނަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާ އެ ފޯރަމްގައި ޕެނެލިސްޓުން ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު މުހައްމަދު ނަޝީދާއި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރާއި ހޯމް އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަހްމަދު ޝިޔާމުގެ އިތުރުން ސަން އޮންލައިންގެ ޗީފް އެޑިޓާ އަހްމަދު ޒާހިރު އެވެ.
ދިޓީވީން ލައިވް ކުރުމަށް ހަމަޖައްސާފައިވާ އެ ފޯރަމުގައި ޕެނެލިސްޓުންނާ ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އެމްޖޭއޭން ބުނެ އެވެ.