11 Nov 2014, 18:41
ފުލުހުން މަޑުކުރަން ބުނުމުން ފުލުހުންގެ އަމުރަށް ނުކިމަންތެރިވެ ފިލަން ދުއްވި ސައިކަލެއް އަންހެން ދެ ފުލުހުންގެ މަސައްކަތުން އަތުލައިގަނެ ސައިކަލް ދުއްވި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ.
މި ކުއްޖަކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ސައިކަލުގައި ދަނިކޮށް ފުލުހުން މަޑުކުރަން ބުނުމުން މަޑުނުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން މަސައްކަތްކުރަނިކޮށް މިދިޔަ އާދީއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ.
އެ ސައިކަލް ހިފަހައްޓައި ސައިކަލް ދުއްވި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އެ ވަގުތު މާލެ ޕެޓްރޯލްކޮށް ބެލެހެއްޓުމުގައި ހަރަކާތްރެރިވި ގަލޮޅު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ޕޮލިސް ކޯޕްރަލް އަޒްލީނާ ޙުސައިން އާއި ޕޮލިސް ލާންސް ކޯޕްރަލް ހައުލާ އިބްރާހިމެވެ.
މި މައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ދަނީ ތަހުޤީޤް ކުރަމުންނެވެ.