މާފުށީ ޖަލުގެ އަހަރީ ދުވަހާއި ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާފުށީ ޖަލުގެ ސްޓާފުން ނުކުމެ މާފުށީގެ ބޮޑުމަގާއި ޕްރީސްކޫލް ހިމެނޭ މަގު ސާފުކޮށް، އެއްވަރު ކުރުމުގެ މަސައްކަތްކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަވިސް (އެމްސީއެސް) އިން ބުނީ، އެ ސާވިސްގެ މުވައްޒަފުންގެ ތެރޭގައި ހިމެނޭ މާފުށީ ޖަލުގައި މަސައްކަތްކުރާ މުވަޒަފުންގެ ތެރެއިން 150 އަށް ވުރެ ގިނަ މުވައްޒަފުން އެ މަސައްކަތުގައި ބައިވެރިވެފައިވާ ކަމަށެވެ.

މިއަދު ހެނދުނު ނުވައެއް ޖެހިއިރު ފެށި ސާފުކުރުމުގެ މަސައްކަތް ނިންމާލީ މެންދުރު 12:30ގައި ކަމަށް ވެސް އެމްސީއެސްއިން ބުންޏެވެ.

މާފުށީގެ ތަރައްގީ އަށް ޖަލުގެ ފަރާތުން އަބަދުވެސް އެކިފެންވަރުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެމްސީއެސް އިން ބުންޏެވެ.