11 Nov 2014, 15:13
ދިވެހިރާއްޖޭގެ މަދަރުސީ ތައުލީމުގެ ގައުމީ މަންހަޖު އަންނަ އަހަރު ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންތައް ނިންމައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން އެދެފި އެވެ.
މަންހަޖު ތަންފީޒު ކުރުމަށް ތައްޔާރުވާންނީ ކަންތަކާ ބެހޭގޮތުން އެޑިއުކޭޝަން މިނިސްޓްރީ އިން ނެރު ސާކިއުލާގައި ވަނީ ގްރޭޑު އެކަކުން ފެށިގެން ތިނަކަށް ތައުލީމުގެ މަންހަޖު ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ. އަދި އަންނަ އަހަރު ގްރޭޑު އެކަކުން ތިނަކަށް ލީޑިން ޓީޗަރުންނާއި ގްރޭޑު ޓީޗަރުންނާއި ޕްރިންސިޕަލް އަދި ޑެޕިއުޓީ ޕްރިންސިޕަލުން ގައުމީ މަންހަޖު ތަންފީޒު ކުރުމަށް ބޭނުންވާ ތަމްރީން ފުރިހަމަކުރިކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައިވެއެވެ.
އެ ސާކިއުލާގައި ވަނީ ގައުމީ މަންހަޖު ތަންފީޒު ކުރުމަށް ބޭނުންވާ އެކި މާއްދާތަކުގެ ސްކީމާއި ކްލާސްރޫމް ތައްޔާރު ކުރަންޖެހޭނެ ކަމަށެވެ.
ގައުމީ މަންހަޖު ތަންފީޒުކުރަމުންދާގޮތް ސްކޫލް ފެންވަރުގައި ސުޕަވައިޒް ކުރާފގޮތުގެ މެކޭނިޒަމް އެއް ކޮންމެ ސްކޫލެއްގައި ގާއިމު ކުރަން ޖެހޭނެ ކަމަށާއި މަންހަޖު ތަންފީޒު ކުރާ ގްރޭޑުތަކުގެ ބެލެނިވެރިންނަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް ހިންގިފައިވާން ޖެހޭނެ ކަމަށްވެސް މިނިސްޓްރީ އިން ނެރުން ސާކިއުލާގައި ބުނެފައިވެއެވެ.