އަލިކިލޭގެ ފާނުމަގު ރެއިންބޯ ކުރިމަތިން ތަށި މުށިތަކެއް ބޮލަށް ލައިގެން ދިޔަ މީހެއް މަގުހުރަސް ކުރަން އުޅެނިކޮށް ސައިކަލެއްގައި ޖެހި ވަރަށް ބޮޑަށް ބޯފަޅައިގެން ގޮސްފި އެވެ.

އެ ހިސާބުގައި ހުރި ސަންގެ ނޫސްވެރިއަކު ބުނީ މުށިތަކެއް ބޮލަށް ލައިގެން އުޅުނު މިހާ މަގު ހުރަސް ކުރަން އުޅެނިކޮށް ސައިކަލުގައި ޖެހިފައި ވަނީ، އޭނާ ރަނގަޅަށް ނުބަލައި މަގުހުރަސް ކުރަން އުޅުމުން ކަމަށް އެސަރަހައްދުގައި ތިބި މީހުން ބުނާ ކަމަށެވެ. އަދި ސައިކަލު ދުއްވަން އިން މީހާ އެވަގުތު ބަރުގޮނު އެޅި ކަމަށާއި ނަމަވެސް ސައިކަލުން އޭނާގެ ގައިގައި ޖެހުނީ އޭނާގެ ގައިން ސައިކަލް ނައްޓަން އުޅުމުން ކަމަށް ވެސް އެ ހިސާބުގައި ތިބި މީހުންނާ ހަވާލާދީ ސަންގެ ނޫސްވެރިޔާ ބުންޏެވެ.

އަދި އެމީހާ އަކީ ބިދޭސީއެއް ކަމަށް ބެލެވޭ ކަމަށް ވެސް ސަންގެ ނޫސްވެރިޔާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވެސް ވަނީ އެފަދަ ކަމެއް ހިނގައިގެން އުޅޭކަން ސަން އަށް ޔަގީން ކޮށްދީފަ އެވެ.