14:30


މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގެން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އިލެކްޝަނަށް ހުށަހަޅުއްވައިފި އެވެ.


އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގެން މިދިޔަ ބުރާސްފަތި ދުވަހު ޑރ. މުނައްވަރު 50 މީހުންގެ ސޮއި ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި ހުއްދަ ދިނުމުގެ ގޮތުން ބަލަންޖެހޭ ބެލުންތައް މިހާރު ބަލަމުންދާ ކަމަށާއި މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި އެ ފަރާތަށް ޖަވާބެއް ދެއްވާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.


މިކަމާ ގުޅިގެން ޑރ. މުނައްވަރުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.


ޑރ.މުނައްވަރަކީ އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ އަދި އެޕާޓީގެ ރިޔާސީ ޕްރައިމެރީގައި ވެސް ވާދަކުރައްވައިފައިވާ ބޭފުޅެކެވެ. އެމްޑީޕީން ވަކިވެވަޑައިގެން ޑރ. މުނައްވަރު ވަނީ ޖުމްހޫރީ ޕާޓީއާ ވެސް ގުޅިވަޑައިގެންފަ އެވެ.