ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވާ ޝަރަފްވެރިކަމުގެ ގައުމީ އިނާމު ދެ ބޭފުޅަކަށް، އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް މިއަދު ދެއްވައިފި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި އެފަރާތްތަކަށް އެޝަރަފުވެރި އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

މިއަހަރު ޝަރަފްވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ފިލައެއް ދެއްވާފައިރު އެ އިނާމް ހާސިލް ކުރައްވާފައިވާ ދެ ބޭފުޅުންނަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޅ. ނައިފަރު، މީޒާން މުހަންމަދު ޒަކަރިއްޔާ އާއި ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން ސ. ހިތަދޫ އަރާއިރު މުހަންމަދު ރަޝީދު (ހިޔަލީ ރަޝީދު) އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒް މޫސާ

ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި 14 ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ. އެއިނާމް ލިބުނު 14 ބޭފުޅުންނަކީ؛

1. ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން؛
ދ. ކުޑަހުވަދޫ އަނަސް، ސާޖެންޓް ފަސްޓް ކްލާސް އަލްޤާރީ މުޙައްމަދު އަސްލަމް
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒް މޫސާ

2. ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން؛
ށ. ފޭދޫ ވަވަތި، އަލްޤާރީ އަލްޙާފިޡް ޢަބްދުއްރަޝީދު މުޙައްމަދު

3. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ވާހަކަ ދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން:
ބ. ތުޅާދޫ މަންޒިލް، އަންވަރު އިބްރާހީމް

4. ދިވެހި ޘަޤާފަތާއި އާދަކާދައިގެ ދާއިރާއިން؛ ދިވެހިންގެ ޘަޤާފީ ކުޅިވަރުތައް ކުރިއަރުވައި އާލާކުރުމުގެ ރޮނގުން:
ރ. ރަސްމާދޫ ނަރުގިސްވިލާ، މުޙައްމަދު ޢަރީފް

5. މަސްވެރިކަމުގެ ދާއިރާއިން؛ ދޮށީގެ މަސްވެރިކަން ކުރިއެރުވުމުގެ ރޮނގުން:
ގ. އަޑިމަގު، އާދަމް ރަޝީދު

6. ފަތުރުވެރިކަމުގެ ދާއިރާއިން؛ ކެއްކުމުގެ ހުނަރުވެރިކަން ކުރިއެރުވުމުގެ ރޮނގުން:
ސ. މަރަދޫ ހުޅަނގުގެ، އިސްޙާޤު ޞާލިޙު

7. ދަނޑުވެރިކަމުގެ ދާއިރާއިން؛ ވިޔަފާރި އުޞޫލުން ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމާއި، ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓް ކުރުމާއި، ދަނޑުވެރިކަމާބެހޭ ދިރާސާ ކުރުމުގެ ރޮނގުން:
މ. ހުދުހުދާގެ، ޙުސައިން ރަޝީދު
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒް މޫސާ

8. އިޖްތިމާޢީ ޚިދްމަތުގެ ދާއިރާއިން؛ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ޚިދްމަތް ކުރުމާއި، ފުދުންތެރި ބަޔަކަށް ހެދުމުގެ މަސައްކަތް ކުރުމުގެ ރޮނގުން:
ގ. ނީރުވީކް، އަޙްމަދު ޙިޝާން

9. ޒުވާނުންގެ ދާއިރާއިން؛ ޚަބަރާއި މަޢުލޫމާތު ފެތުރުމާއި، ހުށަހެޅުމުގެ ހުނަރުވެރިކަމުގެ ރޮނގުން:
ސ. ހިތަދޫ ބޯށިވަލުގެ، ޙަސަން ޒިޔާއު

10. އަންހެނުންގެ ދާއިރާއިން؛ ކުޅިވަރު ކުޅުމާއި ކުޅިވަރަށް ޚިދްމަތް ކުރުމުގެ ރޮނގުން:
ގ. ހާފްސީ، މުއުމިނާ އާދަމް

11. ކުޅިވަރުގެ ދާއިރާއިން؛ ފިޓްނަސް ތެރަޕީގެ ރޮނގުން:
މއ. ކުރިކީލަގެ، މުޙައްމަދު ފަޔާޟް ޢަލީ ރިޟާ

12. ކުޅިވަރުގެ ދާއިރާއިން؛ ކަސްރަތު ކުރުމާއި ކަސްރަތު ކުރިއެރުވުމުގެ ރޮނގުން:
ހ. ބޮޑުކޮށީގެ، ނާހިދާ ޢަލީ
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒް މޫސާ

13. ވިޜުއަލް އާޓްސްގެ ދާއިރާއިން؛ ލިޔުމާއި، ކުރެހުމާއި، ފަރުމާ ކުރުމުގެ ރޮނގުން:
މއ. މޭރީ، އަފްޟަލް ޝާފިޢު

14. ޕާރފޯމިންގ އާޓްސްގެ ދާއިރާއިން؛ ލަވަކިޔުމާއި، މިޔުޒިކް ކުޅުމާއި، އަމިއްލަ ރާގު އުފެއްދުމުގެ ރޮނގުން:
މއ. އުޑުވިލާ، ކެޕްޓަން އަޙްމަދު ޢާޠިފް

އިނާމް ހާސިލް ކުރެއްވި ފަރާތްތަކަށް އިނާމް ހަވާލުކޮށްދިނުމަށްފަހު ވާހަކަ ދައްކަވަމުން ރައީސް ޖުމްހޫރިއްޔާ ޔާމީން ވަނީ އިނާމް ހާސިލް ކުރެއްވި ފަރާތްތަކަށް މަރުހަބާ ދައްނަވާފައެވެ.

"ގައުމު ކިުރިއަށް ގެންދަން ތިމާގެ ޒިންމާއަކީ ކޮބާތޯ ކޮންމެ ބޭފުޅަކުވެސް ސުވާލު ކޮށްލަންޖެހޭ" ރައީސް ޔާމީން ވިދާޅުވިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒް މޫސާ

ހަމައެހެންމެ ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ދާއިރާއިން ކުޅަދާނަކަން ދެއްކުމަކީ ރާއްޖެއަށް ފައިދާ ކުރާނެ ކަމެއް ކަމަށް ރައީސް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.