11 Nov 2014, 11:06
ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ 54 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތް ރޭ ފަށަައިފި އެވެ.
ގައުމީ ޓޭބަލް ޓެނިސް މުބާރާތް ފެށުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، ކުރީގެ ޓީޓީ އެސޯސިއޭޝަންގެ ޗެއާޕާސަން އުމްނިއްޔާ ނަސީރު އެވެ.
މިމަހުގެ 10 ކުން 14 އަށް ކުރިއައްގެންދަން ހަމަޖެހިފައިވާ މި މުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެވެސް ހަވީރާއި ރޭގަނޑު، ސޯޝަލް ސެންޓަރުގެ ޓީޓީ ހޯލްގައެވެ.
މި މުބާރާތުގައި މުޅިއެކު 70 ކުޅުންތެރިން ބައިވެރި ވެފާ ވާއިރު، މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހަތަރު އުމުރު ފުރާއަކަށް ބަހާލައިގެނެވެ. އެގޮތުން މުބާރާތުގައި ވާދަ ކުރާ އުމުރުފުރާ ތަކަކީ ދެ ޖިންސުގެ 9 އަހަރުން ދަށުގެ އުމުރު ފުރާ އާއި، 15 އަހަރުން ދަށުގެ އުމުރު ފުރައާއި، އެއް ވަނަ ޑިވިޝަން އަދި ދެ ވަނަ ޑިވިޝަން އެވެ.
މި މުބާރާތުގައި ދެ ވަނަ ޑިވިޝަންގެ ހަތަރު ޓީމަކުން ބައިވެރިވެފައި ވާއިރު، އެއް ވަނަ ޑިވިޝަންގެ އަންހެން ދެ ޓީމާއި ފިރެހެން ދެ ޓީމް ބައިވެރިވެފައި ވެއެވެ.