ފުލުހުން އަބަދުވެސް މަސައްކަތް ކުރާނީ ޒުވާނުންގެ ކުރިއަރުވައި ޒިންމާދާރު ބަޔަކަށް ހެދުމަށް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޒުވާނުންނަށް އަމާޒުކޮށް ފުލުހުން ހިންގި ޖިމް އިންސްޓްރަކްޓަރުން ތަމްރީނު ކުރުމުގެ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ޒުވާނުން ޒިންމާދާރު ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ފުލުހުންގެ އެހީތެރިކަން އިތުރު ކުރަނީ އޭގެ ސަބަބުން މުޖުތަމައުގައި އަމާން ވެއްޓެއް ޤާއިމް ކުރެވިގެން ދާނެތީ ކަމަށެވެ.

ޖިމް އިންސްޓްރަކްޓަރުން ތަމްރީނު ކުރުމުގެ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ފުލުހުން މަސައްކަތް ކުރަނީ ވަރަށް ބުރަކޮށް އަދި ޕްރެޝަރުގައި ކަަމަށެވެ. އަދި ސަރުކާރުން އަބަދުވެސް ފުލުހުން ކަންތައްތައް ރަނގަޅު ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އަދީބު ވިދާޅުވ ިއެވެ.

ފުލުހުންގެ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް އާއި ޕޮލިސް ޖިމް ގުޅިގެން ހިންގި ޖިިމް އިންސްޓްރަކްޓާ ކޯހުގައި 17 ބައިވެރިއަކު ކޯސް ފުރިހަމަކޮށްފައިވެ އެވެ. އެ ބައިވެރިންގެ ތެރޭގައި ހިމެނެނީ ފުލުހުންނާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ބޭކަލުންނާއި އާއްމު ރައްޔިތުންނެވެ.