10 Nov 2014, 21:08
މިދިޔަ އަހަރު ދިރާގުގެ ޕާޓްނަރުންގެ ތެރެއިން ވިޔަފާރި އެންމެ ރަނގަޅު ފަރާތްތަކަށް އެވޯޑާއި ފައިސާގެ ދީފި އެވެ.
ރަށްރަށާއި މާލޭގައި ތިބި ދިރާގު ޕާޓުނަރުންނާއެކު ބަނޑޮސް އައިލެންޑު ރިސޯޓުގައި މިއަދު ބޭއްވި "ދިރާގު ޕާޓްނާ ކޮންފަރެންސް"ގައި ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމާއި އެވޯޑު ހަވާލުކޮށްދެއްވީ ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދު އެވެ.
ދިރާގުގެ ޕާޓްނަރުންގެ ތެރެއިން އެވޯޑު ދީފައި ވަނީ ޓޮޕް ރީޓެއިލާސް އާއި ޕްރީޕެއިޑް ކިޓް ވިއްކުމުގައި މާލެ އާއި އަތޮޅު ތެރެއިން އެންމެ ރަނގަޅު ތިން ފަރާތަކާއި ރީޗާޖާއި ވައުޗާ ވިއްކުމުގައި މާލެ އާއި އަތޮޅުތެރެއިން އެންމެ ރަނގަޅު ތިން ފަރާތަށެވެ.

ދިރާގު ޕާޓްނަރ ކޮންފަރެންސްގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
މިދިޔަ އަހަރު ދިރާގު ޓޮޕް ރީޓެއިލާއަކަށް ހޮވުނީ ޑެއިލީ ޝޮޕިން ނަމަކަށް ކިޔާ ފިހާރައެކެވެ. އަދި ދެ ވަނައަށް އިއްޔާ ސްޓޯރު ހޮވިފައިވާއިރު، ތިން ވަނައަށް ދިޔައީ ހުޅުމާލެ ހަތްތަރިމާޓެވެ.
ޕްރީޕެއިޑް ކިޓް ވިއްކުމުގައި އަތޮޅު ތެރެއިން އެއް ވަނައަށް ދިޔައީ ގއ. ވިލިނގިލި ފްރީ ސައިޒެވެ. ދެ ވަނައަށް ޅ. ނައިފަރު ސެންސް ހޮވިފައިވާއިރު، ތިން ވަނައަށް ހޮވުނީ ލ. ފޮނަދޫ ޝަބްނަމީ ޝޮޕެވެ.
ޕްރިޕެއިޑް ކިޓް ވިއްކުމުގައި މާލެއިން އެއް ވަނައަށް ދިޔައީ ސްމާޓް ފޯނެވެ. އަދި ދެ ވަނައަށް އެލް މޮބައިލް ހޮވިފައިވާއިރު ތިން ވަނައަށް ދިޔައީ ވޭލާ އެވެ.

ދިރާގު ޕާޓްނަރ ކޮންފަރެންސްގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
އަތޮޅުތެރެއިން ރީޗާޖް ވައުޗާ ވިއްކައިގެން އެއްވަނަ އަށް ދިޔައީ ގދ. ތިނަދޫ، ޓަޗް ތިނަދޫ އެވެ. ދެ ވަނަށް ބ. އޭދަފުށި ޖަސްޓް ކިއުޓް މޮބައިލް ހޮވިފައިވާއިރު ދ. ކުޑަހުވަދޫ ހައި މޮބައިލް ހޮވިފައި ވަނީ ތިން ވަނައަށެވެ.
ރީޗާޖް އައި ވައުޗާ ވިއްކައިގެން އެއް ވަނައަށް ހޮވިފައި ވަނީ ހައި ސޭލްސެވެ. އަދި ދެ ވަނައަށް ލަގްޒަރީ ހޮވިފައިވާއިރު، ރީޗާޖް އައި ވިއްކައިގެން ތިން ވަނައަށް ދިޔައީ އައްލަމަންޑާ އެވެ.
ދިރާގުން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ އެ ކޮންފަރެންސްގައި ޕާޓްނަރުން ބޭނުންވާ ކަންތައްތައް ދިރާގުގެ އިސްވެރިންނާ ހިއްސާކޮށް އެކަންކަން ހައްލު ކުރަން ކުރެވޭނެ ކަންކަމާމެދު މަޝްވަރާ ކުރެ އެވެ.