27 Jan 2011, 14:29
ބ. ކިހާދުއްފަރު ރިސޯޓަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ބަޔަކު އަރައި އެ ރަށުގައި ހުރި ތިޖޫރީއެއް ވަގަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެފަދަ މައްސަލައެއްގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އަދި އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.
އަންގާރަ ދުވަހުގެ ރޭ ދަންވަރު ކިހާދުއްފަރު ރިސޯޓަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު އަރައި ވަގަށް ގެންދިޔަ ތިޖޫރީގައި 13،000ރ. ހުރި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އެ މައްސަލަ ހިނގާފައި ވަނީ ކިހިނެއް ކަމެއް އަދި އަދި އެކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ވެސް ފުލުހުންގެ އޮފިޝަލު ޔަގީން ކޮށެއް ނުދެ އެވެ.