ހޯމް މިނިސްޓްރީގެ ނައިބަކަށް ހުންނެވި މ. ފުސްތުޅާގޭ މުހައްމަދު ހާނިމް، އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބަކަށް ބަދަލު ކުރައްވައިފި އެވެ.

އޭނާ އެ މަގާމަށް ބަދަލު ކުރެއްވި ސަބަބެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެ އެވެ.

ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމުގެ މަސްއޫލިއްޔަތުގެ ދަށުން އޭނާ ވަނީ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސް (ޑީޕީއާރްއެސް) އަދި މިހާރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ނަމަށް ބަދަލުވެފައިވާ އިދާރާގައި ވަޒީފާ އަދާ ކުރައްވާފަ އެވެ.