ނ. އަތޮޅު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުން ދެ މެޗުން ވެސް ބަލިވެ ވެލިދޫ ކްލަބް އެ މުބާރަތުން ކަޓައިފި އެވެ.

މުބާރާތުގެ އެންމެ ފުރަތަމަ މެޗުން ވެލިދޫ ޓީމު ބަލި ވެފައި ވަނީ މިލަދޫ ނިއުޓްރަލް ޔޫތު ކޮމިއުނިޓީ އާއި ބައްދަލުކޮށް 0-2 ލަނޑުންނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑީވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އަތޮޅު މުބާރާތުގެ އިއްޔެގެ މެޗުގައި ވެލިދޫ ޓީމާ ބައްދަލުކޮށް މޮޅުވެފައި ވަނީ ހޮޅުދޫ ބޭސް ޓީމު 0-4 ލަނޑުންނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހޮޅުދޫ ޓީމު އިބްރާހިމް އަފްލާހް އެވެ.

މުބާރާތު މިޔަދު ކުޅޭ މެޗުގައި ބައްދަލު ކުރާނީ މަނަދޫ ޒުވާނުންގެ ގުޅުމާއި ޅޮހީ ޒުވާނުންގެ ކްލަބެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ގްރޫޕް 'އޭ'ގައި ހިމެނެނީ ވެލިދޫ ކްލަބު އެމުނި އާއި މިލަދޫ ނިއުޓްރަލް ޔޫތު ކޮމިއުނިޓީ އަދި ހޮޅުދޫ ބޭސް އެވެ. އަދި ގްރޫޕް 'ބީ'ގައި ހިމެނެނީ މަނަދޫ ޒުވާނުންގެ ގުޅުމާއި ކުޑަފަރީ ޔޫތު މޫވްމެންޓް އަދި ޅޮހީ ޒުވާނުންގެ ކްލަބް އެވެ.