އިންޑިއާގެ ބޮޑުވަޒީޒު ނަރެންދުރާ މޯޑީގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި މިނިސްޓަރުން އިތުރުކުރައްވައިފި އެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހުން މިއަދު ބުނީ ބޮޑުވަޒީރު މޯދީގެ ކެބިނެޓަށް ގެންނެވި ބަދަލުގެ ތެރޭގައި 21 ބޭފުޅަކަށް އަލަށް މިނިސްޓަރުކަން ދެއްވުން ހިމެނޭ ކަމަށެވެ.

މިނިސްޓަރުކަން އަލަށް ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ގޯއާގެ ކުރީގެ ޗީފް މިނިސްޓަރު މަނޯހަރު ޕަރިކާރާއި ކުރީގެ ބޮޑުވަޒީރު ވަޖުޕާއީގެ ވެރިކަމުގައި ޕަވާ މިނިސްޓަރަކަށް ހުންނެވި ސްރޭޝް ޕްރަބޫއާއި ބީޖޭޕީގެ ލީޑަރެއްކަމަށްވާ ޖޭޕީ ނައްޑާއާއި ހަރިޔާނާސްޓޭޓްގެ ޖާތު ލީޑަރުންގެ ތެރެއިން ބީޖޭޕީއާ އަލަށް ގުޅިވަޑައިގެންނެވި ބިރެންދަރު ސިންގްހިމެނެ އެވެ.
އަލަށް މިނިސްޓަރުކަން ދެއްވި ބޭފުޅުން ހުވައިކުރެއްވީ ވެރިރަށް ނިއުދިއްލީގައި ހުންނަ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރަޝްތުރަޕަތީބަވަންގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މިނިސްޓަރުކަން ބޭފުޅުންނަށް ދެއްވުމުގެ މައްސަލައިގައި ބޮޑުވަޒީރު މޯދީގެ ބީޖޭޕީއާއި އެ ޕާޓީއާ އިއްތިހާދުވެފައިވާ ޝިވްސޭނާ ޕާޓީއާ ދެމެދު މައްސަލަތަކެއް ވަނީ އުފެދިފަ އެވެ. އެކަމާ ހެދި ޝިވްސޭނާ އަށް ނިސްބަތްވާ ބައެއް ބޭފުޅުން ހުވައިކުރެއްވުން ވަނީ ލަސްކޮށްފަ އެވެ.