10 Nov 2014, 09:47
އައްޑޫގެ ގެއެއްގެ ތެރޭގައި ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވި ގޮތުގައި އައްޑޫ ސިޓީގެ ހިތަދޫ ގެއެއްގައި 34 އަހަރުގެ ފިރިހެނަކު ދަންޖެހިގެން ރޭ މަރުވެފައިވާކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 8:30 ހާކަންހާއިރު ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ރޭ ދަންޖެހިފައި ވަނީ ހިތަދޫ ބަށިމާގޭ، ހުސެއިން ޝާހިދް އެވެ.
އެނގިފައިވާ ގޮތުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ މީހާ ވަނީ މަރުވެފަ އެވެ.