09 Nov 2014, 15:51
ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރަމުންދިޔަ ދަރުމަވަންތަ މިސްކިތުގެ އިމާމު ގއ. ވިލިނގިލީ ޒިއުރިކްވިލާ ހުސައިން ތައުފީގު ދެ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ދައުލަތުން ހުސައިން ތަހުފީގުގެ މައްޗަށް ކުރި ދީނީ ފިތުނައަކަށް މަގުފަހިވާ ފަދަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އޭނާގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އުމުރުން 34 އަހަރުގެ ހުސައިން ތައުފީގުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ވަނީ ދަރުމަވަންތަ ރަސްގެފާނު މިސްކިތަކީ ހުކުރުކުރާ މިސްކިތެއްގެ ގޮތުގައި ކަނޑައަޅާފައި ނެތް އިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހާއި 26 ވަނަ ދުވަހު އެ މިސްކިތުގައި ހުކުރު ޚުތުބާ ކިޔައި ވަކިން ޖަމާއަތް ހަދައިގެން އިމާމުވެ އެ މިސްކިތުގައި އޭނާ ހުކުރު ނަމާދުކޮށްފައިވާ ކަމަށެވެ.