ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާ ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ ޖަލާލުއްދީން މިސްކިތް ކުރިމަތީން މިއަދު މެންދުރު 12:45 އެހާކަންހާއިރު ހިނގި އެކްސިޑެންޓްގައި މަގުމަތިން ހިނގާފައި ދިޔަ ފިރިހެން މީހާ އަށާއި ސައިކަލު ދުއްވަން އިން މީހާ އަށް ވެސް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ހޮސްޕިޓަލަކުން ނުލިބި އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށެވެ.

ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓް ވެފައިވާ އިރު މިއަދު މެންދުރު ކާރެއް ކޮންޓްރޯލުނުވެ ގޮސް ގަހެއްގައި ޖެހި އެކްސިޑެންޓެއް ވެސް ވަނީ ހިނގައިފަ އެވެ. ނަމަވެސް އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔަވެފައެއްނުވެ އެވެ.