09 Nov 2014, 13:12
އަޑިޕާކް ސަރަހައްދުން ދިޔަ ކާރެއް ކޮންޓްރޯލުނުވެން ގޮސް ގަހެއްގައި ޖެހި ކާރަށް ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ އެ އެކްސިޑެންޓްގައި ކާރުގައި ތިބި ދެ މީހުންނަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވެފައި ވަނީ ކާރުގައި އެއާބޭގް ހުރުމުން ކަމަށެވެ.
އެ އެކްސިޑެންޓް ހިނގާފައި ވަނީ އަޑިޕާކު ކުރިމަތީ އަލަށް ހަދާފައި އޮތް މަގުގެ އުތުރުން ދެކުނަށް ސުނާމީ ބިނާއާވީ ދިމާލަށް ދުއްވާފައި ދަނިކޮށް ކޮންޓްރޯލު ނުކުރެވި ގޮސް ގަހެއްގައި ޖެހިގެން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ހާދިސާގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.