ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި މިހާރު ކުރިއަށްދާ 6 ވަނަ ދިރާގު ޤައުމީ ބާސްކެޓް ލީގުގައި ރޭ ކުޅެވުނު މެޗުންވެސް ބަލިވެ ރެޑްލައިން ކްލަބް ފުރަތަމަ ބުރުން ފުލަށް ހިނގައްޖެ އެވެ.

ރޭ ރެޑްލައިން ބަލިވީ ހަރިކޭން ބާސްކެޓްބޯޅަ ކްލަބާއި ވާދަކޮށް 63-73 ޕޮއިންޓުންނެވެ. މިމެޗުގައި ވެސް ހަރިކޭނުން އެންމެ ފާހަގަ ކުރެވުނީ އެޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ މައިކަލްގެ ކުޅުމެވެ. އޭނާ ވަނީ 35 ޕޮއިންޓް ބަޔަށް ހޯދައިދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. މި ކާމިޔާބާއެކު ހަރިކޭން ވަނީ ކުޅުނު 3 މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ ޓީރެކްސް އާއި މޮޅުވެ މެޗުގެ އަދަދު އެއްވަރުކޮށްފައެވެ. ނަމަވެސް ހަރިކޭން ވަނީ ޓީރެކްސްއަށްވުރެ އިތުރަށް 1 މެޗު ކުޅެފައެވެ.

މުބާރާތުގައި މިރޭ ކުޅޭނީ ދިވެހި ސިފައިންގެ ކްލަބާއި ޓީރެކްސް އެވެ. މެޗު ފަށާނީ 8:30 ގައެވެ.
4 ޓީމުގެ މެދުގައި 2 ބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ޓީމަށް ޗެމްޕިއަންކަން ލިބޭއިރު މި 4 ޓީމުވެސް ގައުމީ މުބާރާތަށް ކޮލިފައިވާނެ އެވެ.