ފޯނުތަކުން ނޮކިއާގެ ނަން ފޮހެލުމަށްފަހު މައިކްރޯސޮފްޓް ކުންފުނީގެ ފުރަތަމަ މޯބައިލް ފޯން، މި ނޮވެމްބަރު މަހުގެ 11 ވާ އަންގާރަ ދުވަހު ނެރުމަށް އެ ކުންފުނިން ނިންމައިފި އެވެ.

އާރުއެމް-1090 ގެ ނަމުން ނަން ދީފައިވާ އެ ފޯނުގެ ޓީޒާއެއް މައިކްރޯސޮފްޓުން ދައްކާފައިވި ނަމަވެސް އެ ފޯނުގެ "ސްޕެސިފިކޭޝަން" އެކުންފުނިން ހާމައެއް ނުކުރެއެވެ. މައިކްރޯސޮފްޓް ނަމުގައި ނިކުންނަ ފުރަތަމަ ފޯނު ފިޔަވާ އެހެން އެއްވެސް މައުލޫމާތެއް އެ ކުންފުނިން ދީފައެއް ނުވެ އެވެ.

ނަމަވެސް ދޭދޭ ވާހަކަތަކަށް ބަލާއިރު އެ ފޯނު ވެގެންދާނީ 'މިޑްރޭންޖު' ފޯނަކަށެވެ. އެހެން ކަމުން ނޮކިއާ އިން ނެރުނު އެންމެ ފަހު ލުމިއާ 830ގެ ސްޕެސިފިކޭޝަން އާއި އެ ފޯނު އެއްގޮތް ވުމަކީ އެކަށީގެންވާ ކަމަކެވެ.

ފްރޮންޓް ކެމެރާ އާއި #މޯލުމިއާ MoreLumia# ގެ ނަމުގައި އިސްތިހާރު ކުރަމުންދާ އެ ފޯނުގެ އިތުރު މައުލޫމާތު ލިބޭނީ 11 ވާ އަންގާރަ ދުވަހު އެވެ.