14:30


ހުއްދަ ނެތި، ދީނީ ދަރުސް ދެމުން ގެންދިޔަ، ލަންކާ މީހެއްގެ ދަރުސް ދިނުން އިސްލާމިކް އެފެއާޒުން ހުއްޓުވައިފި އެވެ.


އިސްލާމިކް މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ މީހާގެ ދަރުސް ދިނުން އިސްލާމިކް މިނިސްޓްރީން ހުއްޓުވި ނަމަވެސް ސަރުކާރުން ކަނޑައަޅައިފައިވާ ހުއްދަ ދިނުމުގެ ޤަވާޢިދަށް ފެތޭ ސެޓުފިކެޓެއް ހުށަހެޅުމުން އެ ހުއްދަ ދެއްވާނެކަން އޭނާ އަށް އަންގަވައިފައިވާނެ ކަމަށެވެ.


މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސްރީލަންކާގެ ޔަހުޔާ ސިލްމީ ދީނީ ދަރުސް ދޭން ރާއްޖެ ގެނެސްގެން އުޅެނީ ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކުރަމުންދާ ބަޔަކެވެ. އަދި އޭނާގެ ދަރުސްތައް އިސްލާމިކް މިނިސްޓްރީން މަނާކުރުމާ ގުޅިގެން އެކަމާ އެމީހުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.