ގައުމު ހަމަނުޖެހުމެއްގެ ތެރޭގައި ވަނިކޮށް ޔަމަނުގެ ވެރިކަން ކުރާ ޕާޓީގެ އެންމެ މަތީ މަގާމުން އެ ގައުމުގެ ރައީސް އަަބްދު ރައްބޫ މަންސޫރު ހާދީ ވަކިކޮށްފި އެވެ.

ވޮއިސް އޮފް އެމެރިކާ އިން މިއަދު ބުނީ ދަ ޖެނެރަލް ޕީޕަލް ކޮންގްރެސް ވަނީ، ހާދީ އާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސޯލިހުގެ މައްޗަށް ބައިވެފައި ކަމަށެވެ.

ހާދީ ޕާޓީގެ އެންމެ މަތީ މަގާމުން ވަކި ކުރީ ކީއްވެގެން ކަމެއް އެ ޕާޓީ އަކުން ނުބުނެ އެވެ. ނަމަވެސް އެެ ބަދަލު އައީ ސޯލިހާއި އަދި ސީއީ މުސްލިމް ދެ ލީޑަރުންނަކީ ގައުމުގެ ހަމަޖެހުމާއި ސުލްހަ އަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އދ.ގެ ސިކިއުރިޓީ ކައުންސިލުން އެ ބޭފުޅުންނާ ދޭ ތެރޭ ދަތިކުރުމުގެ ފިޔަވަޅު އެޅިތާ އެއް ދުވަސް ފަހުންނެވެ.

އަލްގާއިދާ ޔަމަން ބްރާންޗާއި އަލްގާއިދާ އަރަބް ޕެނިސިއުލާ އިން މިއަދު ބުނީ ޔަމަންގައި ހުންނަވާ އެމެރިކާ ސަފީރު މެތިއު ޓުވެލާ އަވަހާރަކޮށްލުމަށް މިއަދު މަސައްކަތް ކުރި ކަމަށެވެ.

އެ ގްރޫޕްގެ ޓުވީޓާ އެކައުންޓްގައި ބުނެފައި ވަނީ ސަފީރު އަވަހާރަކޮށްލުމަށް ބުރާސްފަތި ދުވަހު ދެ ބޮމް ޕްލާންޓް ކުރި ކަމަށާއި ނަމަވެސް ކާމިޔާބު ނުވި ކަމަށެވެ.

ނަމަވެސް އެކަން ކަށަވަރެއް ނުވެ އެވެ.

އެމެރިކާ އިން ސޮޕަންސާ ކުރި ސެންކްޝަންގައިވާ ގޮތުން އަލީ އަބްދުﷲ ސޯލިހަށް ބޭރު ގައުމުތަކުގައި ދަތުރުފަތުރު ކުރުމާއި އެސެޓްސްތައް ފްރީޒުކުރުން ހިމެނެ އެވެ.

ސަލާމަތީ މަޖިލީހުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ރައީސް ސާލިޙަށް ތާއީދުކުރާ ފަރާތްތަކާއި ޙޫޘީ ހަނގުރާމަވެރިންނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ޔަަމަންގެ ވެރިރަށް ސަންއާގައި އދ. އާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފަ އެވެ.