08 Nov 2014, 20:54
ބ. އޭދަފުށީގައި ޕޮލިސް ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހާދިސާ ހިނގާފައި ވަނީ މިއަދު އިރުއޮއްސި 6:55 އެހައިކަންހާއިރު އޭދަފުށީ ޕޮލިސްޓޭޝަންގައި ބޭނުންކުރާ ލޯންޗު އެރަށު ފަޅުން ނުކުންނަނިކޮށް ފަޅަށް ވަންނަންއައި ދޯންޏެއްގައި ޖެހިގެން ކަމަށެވެ.
އެ ހާދިސާގައި ލޯންޗަށާއި ދޯންޏަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބުނުނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.