08 Nov 2014, 20:30
މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީ ފިރިހެނަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، މިރޭ 7:27 ކަންހާއިރު މުނިޔާމަގުގައި މާރާމާރީއެއް ހިންގައި ބިދޭސީއެއް ޒަހަމްކޮށްލާފައިވާ ކަމަށެވެ.
އެ ބިދޭސީ މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު އޭނާގެ ހާލަތު ވަނީ ސާފުވާގޮތް ނުވެފައެވެ.
އެމައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު އެކަމާ ގުޅެގޮތުން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މިރޭ ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭވެސް ވަނީ މާލޭގައި ޒުވާނަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައެވެ.
މަންޒަރުދުށް މީހަކު ސަންއަށް ކިޔައިދިން ގޮތުގައި، އެ މާރާމާރީ ހިންގާފައި ވަނީ، ތިން މީހުންގެ ގްރޫޕަކުން ދެ ސައިކަލެއްގައި އައިސް އެ ޒުވާނާ އުސްފަސްގަނޑާ ދިމާލު ދުވާރުމަތީގައި ވޭވް ސައިކަލެއް ރޫޅާލައިގެން އެ ސައިކަލް ހަދަން ހުއްޓައެވެ.