08 Nov 2014, 02:02
މާލެއަށް މިރޭ ކުރި ވިއްސާރައިގައި އޭޑީކޭ ހޮސްޕިޓަލުގެ ސީލިންގެ ފޫވެއްޓި، ހޮސްޕިޓަލް ތެރޭގައި ފެންބޮޑު
ވެއްޖެ އެވެ.

ހޮސްޕިޓަލްގެ އެތެރެއަށް ފޭބި ފެން ސާފު ކުރުމުގައި-- ސަން ފޮޓޯ
ސީލިން ފަޅައިގެން ގޮސް، ފެން ފޭބީ އޭޑީކޭ ހޮސްޕިޓަލްގެ ރިސެޕްޝަން ހުންނަ ސަރަހައްދަށެވެ. މިރޭ ދަންވަރު 12:45 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ހޮސްޕިޓަލްގެ ސީލިންގުން ފެން ފޭބުމުން، ކަރަންޓް ޝޯޓްވެ، ލައިޓުތައް ނިވުނެވެ. އަދި ސީލިންގެ ދެ ތަނަކުން ހުއްޓުމެއް ނެތި ފެން ފައިބަމުން ދަނިކޮށް، ވާރޭ ހުއްޓާލުމުން، ހޮސްޕިޓަލްގެ ތެރެއަށް ފޭބި ފެންތައް ވަނީ ސާފުކޮށްފަ އެވެ.
އޭޑީކޭ ހޮސްޕިޓަލުގެ ސީލިން ފޫވެއްޓި، ފެން ފާބައިފައިވާއިރު، މިއަހަރުގެ ޖޫން މަހު ތެރޭގައި ވަނީ އެ ހޮސްޕިޓަލްގެ ސީލިންގް ފަޅާލައި ހޮސްޕިޓަލްގެ ތެރެއަށް ބުޅަލެއް ފުންމާލާފަ އެވެ.

ސީލިންގުގެ ފޫވެއްޓިފައި-- ސަން ފޮޓޯ