07 Nov 2014, 18:25
ޕްރައިވެޓް ކާރެއް ފޭރިގަނެގެން ފިލަން ދުއްވަނިކޮށް އެކްސިޑެންޓް ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭ 12:30 ހާއިރު ކާރު ފޭރިގަނެފައި ވަނީ ކާރު ޕާކު ކުރަން ވެގެން ޖާގަ ހަދަން، ވެގެން ޑްރައިވަރު ކާރުން ނުކުތް ވަގުތު ދެ މީހަކު ވެގެން ކަމަށެވެ. އަދި ކާރު ފޭރިގަނެގެން ބާރު ސްޕީޑްގައި ދުއްވަމުން ދަނިކޮށް މަޖީދީމަގު އުރީދޫ ކުރިމަތީ ހުންނަ ޖޫގޯ ވިއްކާތަނެއްގައި ޖެހި ކާރު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.
އެ ވަގުތު ކާރު ފޭރިގަނެގެން ދުއްވަމުން ދިޔަ ދެ މީހުން ފިލާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފިލި ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.