06 Nov 2014, 15:54
އާސަހަރާގައި ހުންނަ ހިނަވާގެ މަރާމާތުކުރުގެ މަސައްކަތް ނިންމުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އާސަހަރާގެ ހިނަވާގޭގެ މަތިވަޑާން ގަނޑާއި ފަންގިފިލާގައި ކަތުރުފަނި އަޅައި ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެތަން މަރާމާތުކުރުމުގެ މަސައްކަތް އެ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.
މަރާމާތުގެ މަސައްކަތްތައް ކުރަމުންގެންދާއިރު ހިނަވާގޭގައި ކަށުކަމާކެމީގެ ކަންތައް ކުރުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމަށާއި އެހެންކަމުން އަދިވެސް ކަށުކަމާ ކެމީގެ ކަންތައް ކުރާނީ ގަލޮޅު ސަހަރާގައި ކަމަށް އެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ވަނީ އެ މަސައްކަތް މުޅިން ނިންމާލުމަށްޓަކައި އަދި ދެ ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށް ލަފާލުރެވޭ ކަމަށެވެ.
"ވީމާ، މިކަން އާންމުންގެ މައުލޫމާތައްޓަކައި ދަންނަވައި މިކަމުގެ ސަބަބުން ދިމާވެދާމެ ދަތިތަކަށްޓަކައި މައާފަށް އެދެމެވެ،" ސިޓީ ކައުންސިލްގެ ބަޔާނުގައި ވެއެވެ.