06 Nov 2014, 14:49
ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިންތިޚާބު ކުރި، މަތިވެރީ ފިނިވާގެ ލަތީފާ ގާސިމް މިއަދު އެ މަގާމަށް ހަމަޖައްސައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (މ) އާއި ޖުޑީޝަލް ސަވިސް ކޮމިޝަނުގެ ޤާނޫނުގައިވާ ގޮތުގެ މަތީން، އެ ކޮމިޝަނުގެ މެންބަރު ކަމަށް ހަމަޖެއްސެވިކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދު ލަތީފާއާ ހަވާލު ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
އެ ރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި ޖުޑީޝަލް ސަވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި ލަޠީފާ ކުރެއްވި އެވެ.