06 Nov 2014, 14:41
މޯލްޑިވްސް ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބާއްވާ އެކްސެލް ލިމިޓެޑް އޯވާ ކްރިކެޓް މުބަރާތުގެ ފުރަތަމަ ޑިވިޝަންގެ މެޗުތައް މާދަމާ ފަށާނެ އެވެ.
މި މުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވެފައި ވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރަން ހަމަޖެހިފައި ވަނީ މާލެ ސްޕޯޓްސް ކްލަބާއި އިންޑިއަން ބްލޫސް އެވެ. މުބާރާތުގައި ބައިވެރިވެފައިވާ އަނެއް ދެ ޓީމަކީ ޝްރީލަންކަން ހައި ކޮމިޝަން އާއި ޔޫތް ޓީމެވެ.
މި މުބާރާތުގެ މެޗުތައް މި މަހުގެ ހުކުރާއި ހޮނިހިރު ދުވަސްތަކަށް ޝެޑިއުލް ކޮށްފައި ވާއިރު، މުބާރާތުގެ ފައިނަލް ކުޅެން ހަމަޖެހިފައި ވަނީ މި މަހުގެ 29 ވާ ހޮނިހިރު ދުވަހު އެވެ.
މުބާާތުގެ ފުރަތަމަ މެޗުގެ ކުޅުން ފަށަން ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 7:45ގައެވެ. މި މެޗްގެ ކުޅުން ކުރިއަށް ގެންދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައެވެ.
މީގެ އިތުރުން މޯލްޑިވްސް ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބާއްވާ ހަތް ވަނަ ރިސޯޓް ކްރިކެޓް ޓޯނަމަންޓް ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ފަށަން ހަމަޖެހިފައެވެ. ދެ ގްރޫޕަކަށް ބަހާލައިން ކުޅޭ މި މުބާރާތުގައި މުޅިޖުމުލަ ހަ ރިސޯޓަކުން ބައިވެރި ވެފައި ވެއެވެ.