06 Nov 2014, 14:26
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ތިން ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާދަމާރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވުމަށް ނިންމި ބޮޑު ޖަލްސާ ފަސްކޮށްފި އެވެ.
ޕީޕީއެމް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ޕާޓީގެ "ކާމިޔާބު 3"ގެ ނަމުގައި ބޭއްވުމަށް ކަނޑައެޅި ޖަލްސާ ފަސްކުރީ "ވަރަށް ފުރިހަމަ ޖަލްސާއެއްގެ ގޮތުގައި" ބޭއްވުމަށް ޕާޓީގެ ގިނަ ބައެއްގެ އެދުމުގެ މަތީން ކަމަށެވެ.
ނަމަވެސް އެ ޖަލްސާ ދެން ބާއްވާނެ ވަކި ދުވަހެއް އެ ޕާޓީއަކުން ނުބުނެ އެވެ.