ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން ރާއްޖެ އިން ބޭރަށް ފުރާ އިރު ހުށަހަޅަން ޖެހޭ "އެގްޒިޓް ޕާމިޓް" ހުށަހެޅެން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އެގްޒިޓް ފާމިޓަކީ ބިދޭސީން ރާއްޖެ އަށް ގެންނަ ފަރާތްތަކަށް ނުވަތަ ވަޒީފާދޭ ފަރާތްތަކަށް ނޭނގި ބިދޭސީ މީހުން ރާއްޖެ އިން ފުރައިގެން ދިއުމުން އެ ފަރާތްތަކަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ފުރައިގެންދާ ބިދޭސީ މީހާ އިމިގްރޭޝަނަށް ހުށަހަޅަން ޖޭ ފޯމެކެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް އަދި އިންފޯމޭޝަން އޮފިސަރު ހަސަން ހަލީލް މިއަދު "ސަން" އަށް ވިދާޅުވީ އެގްޒިޓް މާމިޓް ހުށަހެޅުން މަޑުޖައްސާލައިފައި ވަނީ މުޅި ޕްރޮސެސް އަލުން ރިވިއު ކުރުމުގެ ބޭނުމުގައި ކަމަށެވެ.

"އެގްޒިޓް ޕާމިޓް ހުށަހަޅާ ގޮތަށް އޮންނަން ބޮޑަށް ބޭނުން ވަނީ ދިވެހި ކުންފުނިތަކުން. ބިދޭސީންނާއި ޖޮއިންޓް ވެންޗާ ކުންފުނިތަކުން އެކަމަށްމާ ބޮޑު ތަރުހީބެއް ނުލިބޭ. ގިނަ ފަަހަރު ބޭރު ކުންފުނިތަކުގެ އޯނަރަކަށް މި ހުންނަނީ ބިދޭސީއެއް އެހެން ކަމުގައިވާ އިރު އޭނަ ރާއްޖެ އިން ބޭރަށް ފުރާ އިރު އެ ފޯމް ހުށަހަޅަން ޖެހޭ މިހާރު އޮންނަ އުސޫލުން، އެހެންވެ އެ ޕްރޮސެސް މެދުކަނޑާލީ އެކަންތައް ކޮންގޮތަކަށް ކުރީމާތޯ އެންމެ މައްސަލަ ކުޑަވަނީ ބަލަން،" ހަލީލް ވިދާޅުވި އެވެ.

އިމިގްރޭޝަނުން އެގޮތަށް އަމަލު ކުރަން ފަށައިފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެެވެ.