ދެކުނު ކޮރެއާގައި މިދިޔަ އެޕްރީލު މަހު ފެރީއެއް ބަންޑުން ޖަހާލައި 300 މީހުން މަރުވި ހާދިސާ ހިނގި ފެރީގެ ވެރިންގެ އާއިލާގެ ތިން މީހެއްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަލަށް ލައިފި އެވެ.

ޓައިމް މަޖައްލާ އިން އިއްޔެ ބުނީ އެ ފެރީއަކީ ގަވާއިދާ ހިލާފަށް މޮޑިފައިކޮށް، ގިނަ މީހުންނަށް ދަތުރުކުރެވޭ ގޮތަށް ތައްޔާރުކޮށް، އަދި ޖާގަ އަށް ވުރެ ގިނަ މީހުން ދަތުރު ކުރި ފެރީއެއް ކަމަށެވެ.

އެ ބޯޓަކީ ދާދިފަހުން މަރުވި، ބިޒުނަސް ޓައިކޫން ޔޫ ބުންގުޔުންގެ މަސްލަހަތު އޮންނަ ބޯޓެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔޫގެ 44 އަހަރުގެ ފިރިހެން ދަރިފުޅު ދެޔޯ ކޮންޔުން ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ ކުންފުނީގެ 6.8 މިލިއަން ޑޮލަރަށް ހިޔާނާތްވުމުގެ ކުށުގަ އެވެ. އަދި ޔޫގެ އެއްބަނޑު ދެ މީހުން ވެސް އެ މައްސަލާގައި އެއް އަހަރާއި ދެ އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ. -- ޒ --