06 Nov 2014, 11:39
ފިހާރައެއްގެ ބިއްލޫގަނޑު ތަޅާލައި ވައްކަން ކުރަން ފިހާރައެއްގެ ތެރެއަށް ވަން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ ކާމިނީމަގުގައި ހުރި އޯލްޓޫ ފިހާރައިގެ ބިއްލޫގަނޑު ތަޅާލައި ވައްކަން ކުރަން ވަދެ އުޅެނިކޮށް އުމުރުން 25 އަހަރުގެ މީހަކު ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު 2:50 އެހާކަންހާއިރު ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ އެވަގުތު މާލެ ތެރެ ޕެޓްރޯލު ކުރަން އުޅުނު ފުލުހުން ނެވެ.
ފުލުހުން ބުނީ މާލެ ތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމަށް ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނަށް އެ މީހާ ފެނިފައި ވަނީ ބިއްލޫރިގަނޑެއް ތަޅައިގެން ދިޔަ އަޑު އިވުމާ ގުޅިގެން އެ ސަރަހައްދު ބަލަމުން ދަނިކޮށް ފިހާރަ ތެރޭގައި ހުއްޓައި ކަމަށެވެ.
ފިހާރައިގެ ބިއްލޫގަނޑު ތަޅާލައި ވައްކަން ކުރަން ވަދެ ފިހާރައިގެ ފައިސާ އަޅާ ވަތްގަނޑު ހަލާކޮށްލާފައިވާ އިރު ފިހާރައިން އެއްވެސް އެއްޗެއް ވަގަށް ގެންދެވިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.