06 Nov 2014, 11:15
ނަންބަރު އައިނު ހެއްދުމުގައި ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އައިކެއާގެ ފިހާރައެއް ފުވައްމުލަކުގައި ހުޅުވައިފި އެވެ.
އައިކެއާ އިން ބުނީ ފުވައްމުލަކުގައި ހުޅުވާފައިވާ އައިކެއާގެ ފިހާރަ ހުންނާނީ ފުވައްމުލަކު މާދަނޑު، ކުލީބިމުގައި ކަމަށެވެ.
އެ ފިހާރައިން ދޭ ޚިދުމަތްތަކުގެ ތެރޭގައި މާލޭގައި ހުންނަ ފިހާރައާ އެއްފަދައިން ނަންބަރުނެގުމުގެ ހިދުމަތާއި އަވި އައިނުގެ އިތުރުން ކޮންޓެކްޓް ލެންސް ވެސް ލިބެން ހުންނާނެ ކަމަށް އައިކެއާ އިން ބުންޏެވެ.
އައިކެއާ އިން ބުނީ އެ ފިހާރައާ އެކު ފުވައްމުލަކުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް އައިނު ހެއްދުމާއި ނަންބަރު ނެގުން ފަދަ ކަންކަމުގައި އިތުރު ލުއިކަމެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެ ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 12:00 އަށް އަދި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.