މާލޭ ރާޅުގަނޑު ސަރަހައްދުގައި މިރޭ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އެ ދެ އުޅަނދަށް ގެއްލުންވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިރޭ 10 ޖަހާ އެހާކަންހާއިރު ރާޅުގަނޑު ސަރަހައްދުގައި ހިނގި އެ އެކްސިޑެންޓުގައި ސައިކަލް ދުއްްވަން އިންމީހާގެ ތުންފަތް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް އެހާ ބޮޑު އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.