05 Nov 2014, 22:37
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ދައުވަތަކަށް ރަޝިއާގެ ޕްރޮސިކިއުޓަ ޖެނެރަލް ޔޫރީ ޗައިކާ މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
މާދަމާ ހެނދުނު ޓްރޭޓާސް ހޮޓެލްގައި ޔޫރީ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާ ބައްދަލު ކުރައްވާނެ އެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ ބައްދަލު ކުރައްވާނެ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މިރޭ 'ސަން' އަށް ވިދާޅުވީ ޔޫރީގެ މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ޕްރޮސިކިއުޝަންގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުން ކަމަށެވެ.
އެކަމާ ގުޅޭގޮތުން މާދަމާ އެމްއޯޔޫއެއްގައި ސޮއިކުރާނެ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން ޕްރޮސިކިއުޓަރުންނަށް ތަމްރީނު ދިނުމާއި އަދި އެގައުމުގެ ޕްރޮސިކިއުޓަރުން ރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.
މުހުތާޒު ވިދާޅުވީ އެކަމަކީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒުގެ ދައުރުގައި ހަމަޖެހިފައިވާ ކަމެއް ކަމަށެވެ.
ޔޫރީ އަކީ ރަޝިޔާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރެވެ. އަދި އެގައުމުގެ ޖަސްޓިސް މިނިސްޓަރަކީ ވެސް ޔޫރީއެވެ.
ރަޝިޔާގައި ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި ވެސް ދައުވާ އުފުލަނީ ޕްރޮސިކިއުޓާ ޖެނެރަލް އެވެ.