މެންޗެސްޓާ ޔުނައިޓެޑް އަދި ވަރުގަދަކޮށް އަނބުރާ އަންނާނެ ކަމަށް ކުރިން އެޓީމަށް ކުޅުނު ފްރާންސްގެ ފޯވަޑް ސަހާ ބުނެފި އެވެ.

ގޯލް އަށް މައުލޫމަތު ދެމުން ސަހާ ބުނީ ޔުނައިޓެޑަކީ އަކީ ތާރީޚީ ގޮތުން ބެލިކަމުގައި ވިޔަސް އަދި ފެންވަރުގެ ގޮތުގެ ބެލިކަމުގައި ވިޔަސް މޮޅު އަދި އެފަދަ ދެވަނަ އެއް ނެތް ކްލަބެއް ކަމަށެވެ. އަދި މިހާރަކަށް އައިސް އެ ޓީމް ނެރެމުން އަންނަ ދަށް ނަތީޖާތައް ކުރިއަށް އޮތްތާގައި ރަނގަޅުވާނެ ކަމަށާއި އެކަމަށް ވަގުތު ބޭނުންވާ ކަމަށެވެ. ސަހާ ބުނީ ޔުނައިޓެޑަށް ކުރިމަތިވެފައިވާ ޕްރެޝަރު ބޮޑުކަމަށާއި ނަމަވެސް ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަނެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"މެންޗެސްޓާ އަކީ އެފަދަ ދެވަނައެއް ނެތް ތާރީޚީ މޮޅު ޓީމެއް. މިފަހަކަށް އައިސް އެ ޓީމަށް ދިމާވެފައިވާ މައްސަލަތަކާއި ޕްރެޝަރު ބޮޑު ނަމަވެސް އެހުރިހާ ކަމަކުން އަރައިގަނެވޭނެ. އެ ޓީމަށް ބޭނުންވަނީ ވަގުތު. ވަގުތާއި އެއްވަރަށް މަސަތްކަތް ކުރުމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ،" ސަހާ ބުންޏެވެ.

ޔުނައިޓެޑްގެ ޖާޒީގައި ކުރިން މޮޅު ކުޅުމެއް ދައްކާފައިވާ ސަހާ ބުނީ ޔުނައިޓެޑް އަކީ މަޝްހޫރު ކްލަބަކަށް ވާތީ އެ ޓީމަށް ދިމާވެފައިވާ ޕްރެޝަރު ބޮޑު ކަމަށެވެ. އަދި އެ ޓީމް ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަތުމަކީ އެހާ ފަސޭހަ ކަމެއްނޫން ކަމަށާއި ސަބަބަކީ ޕްރިމިއާ ލީގު ކުރިއަށްވުރެ ވަރުގަދަވެ ޓީމްތައް ޕްރޮފެޝަނަލް ވެފައިވާތީ ކަމަށެވެ. ނަމަވެސް ވަރުގަދަ ފޭން ބޭސް އަކާއި ފަންޑް ލިބިފައިވާ ޔުނައިޓެޑް ހިތްވަރާ އެކު މަސަތްކަތްކޮށްފި ނަމަ އެ މީހުންގެ އަސްލު ފެންވަރުގައި ލީގުގެ އެންމެ ކުރީގައި ޥާދަކުރެވޭނެ ކަމަށެވެ.

ސަހާ ވަނީ އޭނާ ޔުނައިޓެޑްގައި ހޭދަކުރި ދުވަސްތަކުގައި އެ ޓީމަށް 86 މެޗު ކުޅެދީ 28 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ފްރާންސްގެ ކުޅުންތެރިއާ ފާހަގަކުރެވިގެންގޮސްފައި ވާނީ ބާރަށް ޝޫޓްކުރާ ހެޑިންގް އަށް މޮޅު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ޔުނައިޓެޑްގައި އޭނަ އުޅުނުއިރު ސަހާ އަކީ ދުނިޔޭގެ އެއިރު ތިބި އެންމެ މޮޅު ފޯވަޑުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.