05 Nov 2014, 10:26
ރާއްޖޭގެ ކޯޓުތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދަ ފަސް ބޭފުޅަކަށް އިއްޔެ ދެއްވައިފި އެވެ.
ގާނޫނީ ވަކީލު ކަމުގެ ހުއްދަ އިއްޔެ ދެއްވި ބޭފުޅުންނަކީ ސ. ފޭދޫ ގެދަރުގޭ ފާތިމަތު ސައީދު އާއި ބ. އޭދަފުށީ އަވި، ނީޝާން ވަހީދާއި ކ. މާލޭ ހެޕީވިލާ ސިނާން ރަފީއު އާއި ކ. މާލޭ ފުންފަޅު އިބްރާހީމް ޝިޔާމްގެ އިތުރުން ކ. މާލޭ ދަނބުފަށުވިގޭ އާއިޝަތު ޖުނައިނާ އެވެ.
އިއްޔެ ހެނދުނު 10:30ގައި ވެލާނާގޭ ޖަލްސާކުރާ މާލަމްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފަސް ބޭފުޅުން ވަނީ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ކުރިފުޅުމަތީގައި ގާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވާފަ އެވެ. އެބޭފުޅުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ޔޫސުފް ހުސައިން އެވެ.
އެ ފަސް ބޭފުޅުން ހުވާކުރެއްވުމުން މިހާތަނަށް ރާއްޖޭގެ ކޯޓުތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދަ ދޫކުރެވިފައިވާ ބޭފުޅުންގެ އަދަދަކީ 798 އެވެ.