05 Nov 2014, 00:47
އައްޑޫ ސިޓީގެ ހިތަދޫ އާއި މަރަދޫގައި ޔޫތު މިނިސްޓްރީން އަޅަމުން ގެންދާ ފުޓްސެލް ދަނޑުތަކުގެ މަސައްކަތުގެ 85 އިންސައްތަ ނިމިފައި ވާކަމަށް އެ މަސައްކަތާ ހަވާލުވެފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އިން ބުނެފި އެވެ.
އެމްއާރުޑީސީން ބުނީ ހިތަދުއާއި މަރަދޫގައި އަޅަމުން އަންނަ ދެ ފުޓްސަލް ދަނޑުގެ ނުނިމި ހުރި މަސައްކަތްތައް ވަރަށް އަވަހަށް ނިންމާލެވޭނޭ ކަމަށެވެ.
ޔޫތު މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްްގައި ބުނެފައި ވަނީ، އައްޑޫ ސްޓޭޑިއަމްގައި ކުރިއަށްދިޔަ ޒޯން 8ގެ ފުޓްބޯޅަ މުބާރާތް ނިންމުމުގެ ރަސްމިޔާތުގައި ބައިވެރިވަޑައިގަތުމަށް ފަހު ޔޫތު މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލް ވަނީ، ހިތަދުއާއި މަރަދޫ ފުތްސަލް ދަނޑުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައި ކަމަށެވެ.
ދަނޑުތަކުގެ މަސަތްކަތް ކުރިއަށްދާ ސްޕީޑާއި މެދު ވަޒީރު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށާއި ދަނޑުތަކުގެ މަސައްކަތާ ހާވާލުވެފައިވާ އެމްއާރްޑީސީއަށް މިނިސްޓަރު މަލީހު ޝުކުރު އަދާކުރެއްވި ކަމަށްވެސް ޔޫތު މިނިސްޓްރީގެ އެ ބަޔާނުގައިވެ އެވެ.