ވެލިގާ ހާޑުވެއާ އާއި ޕިކަޕް ސާވިސް ގުޅިގެން ހިންގާ 200،000 ރުފިޔާ ޕްރޮމޯޝަން ދަށުން ކޮންމެ މަހަކު ލަކީ ޑްރޯއިން ހޮވޭ ފަރާތަކަށް ދޭން ހަމަޖެހިފައިވާ އިނާމު ހަތް ފަރާތަކަށް މިއަދު ހަވާލުކޮށްފި އެވެ.

ފުރަތަމަ މަހުގެ ގުރުއަތުން ހޮވުނު ގ. ގްރެސަސް މުހައްމަދު ނައީމަށް ސްޓާރެކްސް ބްރޭންޑުގެ 7،525 ރުފިޔާގެ އަގުހުރި 17 އިނާމު ލިބިފައިވެ އެވެ. އަދި ދެވަނަ މަހުގެ ނަސީބުވެރިއަކަށް ހޮވުނު ގ. ބާޑީގޭ ރަމީޒަށް 6،550 ރުފިޔާގެ އަގުހުރި ޑަސް ބެރޭންޑޫގެ އަށް އިނާމެއް ދީފައިވެ އެވެ.

ލަކީ ޑްރޯގެ ތިންވަނަ މަހުގައި 8،452 ރުފިޔާގެ އަގުހުރި ނިކާއީ ބްރޭންޑްގެ ހަތަރު އިނާމު ލިބިފައިވަނީ ގ. ކަމަރާގޭ މުހައްމދު ޖަލީލަށެވެ. ހަތަރުވަނަ މަހުގެ 9،045 ރުފިޔާގެ ޔުނިކޭބަލް ބްރޭންޑުގެ ހަ އިނާމު ލިބިފައިވަނީ ބިދޭސީ ފަރާތެއް ކަމަށްވާ ރާމާނަންދަށެވެ.

ފަސްވަނަ މަހުގައި 8،435 ރުފިޔާގެ ވީއާރުއެޗް ބްރޭންޑުގެ އަގުހުރި ހުރި ފަސް އިނާމެއް ލިބިފައި ވަނީ ނަސީމް އަށެވެ. ހަވަނަ މަހުގެ 9،780 ރުފިޔާގެ އީސްޓާ ބްރޭންޑުގެ ތިން އިނާމެއް އަޒީލް އަލީއަށް ލިބިފައިވާ އިރު ހަތްވަނަ މަހުގެ 6،235 ރުފިޔާގެ ޖަޔަންޓް ބްރޭންޑުގެ އަގުހުރި އަށް އިނާމެއް ލިބިފައި ވަނީ ލޭޑީސް ޗޮއިސް ދެއަކަށެވެ.

މިއީ ވެލިގާ ހާޑުވެއާއާއި ޕިކަޕް ސާވިސް ގުޅިގެން ހިންގާ މިފަދަ ތިންވަނަ ޕްރޮމޯޝަނެވެ. ޕްރޮމޯޝަންގެ ބޮޑު އިނާމްތައް އަންނަ އަހަރު ޖުލައި މަހުގައި ނެގޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޕްރޮމޯޝަންގެ އެއްވަނައަށް ހޮވޭ ފަރާތަކަށް ސައިކަލެއް ލިބޭ އިރު ދެވަނައަށް ހޮވޭ ފަރާތަކަށް ލެޕްޓޮޕެއް ލިބޭނެ އެވެ. އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް ފަތި ޓީވީއެއް ލިބޭނެ ކަމަށް ވެލިގާ ހާޑުވެއާއިން ބުންޏެވެ.